އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ދެވަނަ ދައުރުގެ 11 ވަނަ އާންމު ޖަލްސާ
އެޖެންޑާ
1-އިދާރީ މައްސަލަތައް
1.1 އ.ތ.މ ކޮމެޓީގެ ފަސްވަނަ ދައުރުގެ 10 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2-އަންހެނުންގެ ކޮމިޓީން ހުށަހަޅުއްވާ ކަންކަން:
2.1 ޒުވާނުންގެ ދުވަހާއި ގުޅިގެން ށ.ކޮމަންޑޫއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ބަށިމެޗުގެ ދަތުރު ހަމަޖެއްސުމުގެ މައްސަލަ
3. އަންހެނުންގެ ކޮމެޓީގެމެމްބަރުން ހުށަހަޅުއްވާ ކަންކަން:
4. ވޯޓަށް އަހާކަންކަމަށް ވޯޓަށް އެހުން:
ޙުލާސާ
ޒުވާނުންގެ ދުވަހާއި ގުޅިގެން ށ.ކޮމަންޑޫއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ބަށިމެޗުގެ ދަތުރު ހަމަޖެއްސުމަށް ސްޕޮންސަރ ހޯދުމަށް ރަށުގެ ވިޔަފާރިވެރިންނަށާއި ޒުވާނުންނަށް ސިޓީ ފޮނުވުމަށާއި އެގޮތުން ސްޕޮންސަރ ނުލިބިއްޖެނަމަ އތމ ކޮމިޓީގެ ބަޖެޓުން ދަތުރު ހަމަޖެއްސުމަށް މަޝްވަރާކުރެވުނެވެ.
ނިންމުންތައް
ޒުވާނުންގެ ދުވަހާއި ގުޅިގެން ށ.ކޮމަންޑޫއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ބަށިމެޗުގެ ދަތުރު ހަމަޖެއްސުމަށް ސްޕޮންސަރ ހޯދުމަށް ރަށުގެ ވިޔަފާރިވެރިންނަށާއި ޒުވާނުންނަށް ސިޓީ ފޮނުވުމަށާއި އެގޮތުން ސްޕޮންސަރ ނުލިބިއްޖެނަމަ އތމ ކޮމިޓީގެ ބަޖެޓުން ދަތުރު ހަމަޖެއްސުމަށް ނިންމަމެވެ.
ށ.ފޭދޫ ކައުންސިލްގެ އިދާރާ
ފިނިވާމަގު، ށ.ފޭދޫ
© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ