ތަޢާރަފް

މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ފޭދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 03 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ފޭދޫގެ ރައްޔިތުންނަށެވެ.

ތަޞައްވުރު

ށ.ފޭދޫ އަކީ އިސްލާމްދީނަށާއި، އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ލޯބިކުރާ، އެކުވެރި، އެއްބައިވަންތަ، ރައްޔިތުންނަށް ފުރުސަތުތައް ފަހި، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުން.

އަމާޒު

ފޭދޫ އަކީ ތަރައްޤީގެ ރޮނގުން ފާހަގަ ކޮށްލެވޭ، އިޖުތިމާއީގޮތުންނާއި، އިގްތިސާދީ، އުމްރާނީ އަދި މުއާސަލާތީ ގޮތުން ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިހުރި ދީނީގޮތުން ހޭލުންތެރި ދުޅަހެޔޮ އަދި ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ރަށަކަށްވުން.

އިސްވެރިންގެ ޒިންމާތަކާއި ވާޖިބުތައް

އާމިނަތު ޝާހީން

aminath.shaheen@feydhoo.go.mv

1. ‏ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛

2. ‏ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން؛

‏3. ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުން؛

‏4. ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން؛

5. ‏ކައުންސިލްގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށާއި ކައުންސިލަށް ލަފާދިނުން؛

6. ‏ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛

7. ‏ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުން؛

8. ‏ކައުންސިލްގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ލަފާދިނުން؛

9. ‏ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.

އަޙްމަދު ސުނީލް

ahmed.suneel@feydhoo.gov.mv

  1. ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ޝާއިއުކުރުމާއި ތަންފީޒުކުރުން
  2. ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން
  3. ކައުންސިލްގެ މަޤްޞަދުތައް ޙާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން
  4. ކައުންސިލުގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޒަންތަކާއި ސެކްޝަންތަކާއި ޔުނިޓްތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން
  5. ކައުންސިލްގެ ޖަލްސާތައް ގަވައިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން
  6. ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން
  7. ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން
  8. ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން
  9. ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތުގެމަތިންކަން ކަށަވަރުކުރުން
  10. ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން
  11. ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާއި ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން
  12. ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރުން
  13. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ ކަންކަން އިންތިޒާމުކޮށްދިނުން
  14. ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަންކުރުން.
  15. ޝަރުޢީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ޝަރުޢީ ކޯޓްތަކަށާއި، ސަރުކާރުގެ އިދާރާތަކަށް އެހީތެރިވުން
  16. ދިވެހި ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓް، ފެނާ، ފާޙާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން
  17. އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ އާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލާތްތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތަށް ފޯރުކޮށްދިނުން
  18. ރަށުކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން
  19. އަލަށް އުންފަނވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި، ރަށުގެ ތަފާސް ހިސާބުންނަގާ ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންދާ މީހުންނާއި، އަދި އެރަށެއްގެ އުޅޭ ބިދޭސީންގެ ދަފްތަރެއް ލިޔެ ބެލެހެއްޓުން
  20.  ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާލައި ބަލަހައްޓައި އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން


 ކައުންސިލްގެ ނައިބުރައީސް ޙަމްދޫން އާދަމް

  1. ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްގެ މަޤސަދާއި އެއްގޮތަށް ކައުންސިލް ހަރަކާތްތެރިކުރުވައި ހިންގުން
  2. ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ހިނގާމިހުންނާއި، ދުއްވާ ތަކެއްޗަށް އުނދަގޫ ނުވާގޮތަށް މަގުތަކުގެ އިންތިޒާމްތައް ބެލެހެއްޓުން
  3. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
  4. ދިވެހި ރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން
  5. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން
  6. މިސްކިތްތައް ބެލެހެއްޓުން
  7. ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން
  8. ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިލާފުތައް ބޭއްވުން.
  9. ޕެސްޓް ކޮންޓްރޯލްކުރުން
  10. ދިމާވާ ކުއްލި ނުރައްކާތެރި ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން.
  11. ރަށުކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން
  12. ރޭގނަޑު މަގު ބައްތި ދިއްލައި ބެލެހެއްޓުން
  13. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
  14. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން    

ކައުންސިލަރ ފާޠިމަތު ސުނީތާ

  1. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮޤްރާމްތައް ރާވައި ހިންގުން.
  2. ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި ރަށުގެ ތާރީޙީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނެ އިންތިޒާމު ޤާއިމްކުރުން.
  3. ދިވެހި ރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއަޅުމާއި އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
  4.  ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާގޮތުގެ މަތިން، ރަށުން ބިންދޫކުރުމާއި ބިމާއި އިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ޤަވައިދުތަކާއި ސަރުކާރުންގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ރަށުގައި އިމާރާތުގެ ކަންކަން ބަލަހައްޓައި އެކި އެކި ފަރާތްފަރާތުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލަތުތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫން ވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން
  5. ދިވެޖރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރައިމަރީ ހެލްތް ކެއަރ އާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން
  6. ދިވެހގިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިޞްލާހީ ފިޔަވަޅުއެޅުން ރައްވެހިގެ ބެލެހެއްޓުން 
  7. ރަށުކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން
  8. އާންމު ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުން
  9. އާސާރީ ތަންތަން ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން



ޢާއިޝަތު ފަޒްނާ

1. ކޮމިޓީގެ މަޤްޞަދާއި އެއްގޮތަށް ކޮމެޓީގެ ހަރަކާތްތައް ރާވައި ހިންގުން

2. ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ކަންތައްތައް ރަށު ކައުންސިލަށް ނުވަތަ ސިޓި ކައުންސިލަށް ހުށަހަޅައި ތަންފީޛުކުރުމަށް މަސައްކަތްކުރުން

3. ގަވާއިދުން ޖަލްސާ ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން

4. މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުން

5. ކޮމިޓީން ނިންމާ ކަންތައް ވިލަރެސްކޮށް، ހިންދުމުގައި އިސްކޮށް ހަރަކާތްތެރިވުން

6. ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވައިދުން ހިންގާތޯބެލުން

7. އިދާރީ ގޮތުން ކޮމިޓީން ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމައަށް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން ހިނގާ ނުހިނގާގޮތް ބެލުން

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ