މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 19 ވަނަ އާންމު ޖަލްސާ

ޖަލްސާ ނަންބަރު 19
އެޖެންޑާ ނަންބަރު (MTG)274/274/2026/71
ތާރީޚް 26 އޮގަސްޓު 2026
ވަގުތު 10:00
ތަން މިިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
އަޙްމަދު ސުނީލް
ޙަމްދޫން އާދަމް
ފާޠިމަތު ސުނީތާ

އެޖެންޑާ

1.އިދާރީ މައްސަލަތައް : 

1.1 ކައުންސިލްގެ ފަސްވަނަ ދައުރުގެ 17 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

1.2 ކައުންސިލްގެ ފަސްވަނަ ދައުރުގެ 18 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:

3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:     

4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:

 4.1 2026 ކައުންސިލް ހޭންޑްބޯލް މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު ދާއިރާގެ ބައެއް ރައްތަކަށް ހުޅުވާލުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ

4.2 ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ޖޫރިމަނާ ފައިސާ ނަގާގޮތް ބަދަލުކުރުމުގެ މައްސަލަ

5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:

5.1 29 ޖޫން 2026 ގައި ކުލަބު ޑާރކުވުޑުން ފޮނުވާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމުމަށް ފޭދޫ ކައުންސިލުގެ 11 ވަނަ އާންމު ޖްލަސާއަށް ހުށަހަޅާފައިވާ މައްސަލައާއިމެދު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މައްސަލަ

  

ޙުލާސާ

2026 ކައުންސިލް ހޭންޑްބޯލް މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު ދާއިރާގެ ބައެއް ރައްތަކަށް ހުޅުވާލުމާއިމެދު އިތުރަށް މަޝްވަރާކޮށް އިތުރު ޖަލްސާއަކަށް އެޖެންޑާކުރުމަށާއި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ޖޫރިމަނާ ފައިސާ ނަގާގޮތް ބަދަލުކުރުމަށާއި، 29 ޖޫން 2026 ގައި ކުލަބު ޑާރކުވުޑުން ފޮނުވާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމުމަށް ފޭދޫ ކައުންސިލުގެ 11 ވަނަ އާންމު ޖްލަސާއިން ނިންމާފައިވާ، މިކައުންސިލުން ކުރިއަށް ގެންދެވުނު ކައުންސިލް ކަޕް 2025 ގެ ސެމީ ފައިނަލް މެޗުގައި ކުލަބް ޑާރކްވުޑުގެ ކުޅުންތެރިއާ (ޖާރޒީ ނަންބަރު 11)  ހިންގި ކުޅިވަރާއި އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު އަމަލާއި ގުޅިގެން ޑާރކްވުޑް ސްޕޯޓްސް ކުލަބަށް ކޮށްފައިވާ 5000/-ރ (ފަސްހާސް ރުފިޔާ) ގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމުން ކުލަބް ޑާރކްވުޑްގެ ކުޅުންތެރިޔާއަށް ކޮށްފައިވާ ސަސްޕެންޝަން އެއްފަހަރެއްކަމަށް މަޢާފުކޮށްދީ، އެކުޅުންތެރިޔާގެ ފަރާތުން ދެން އެކަހަލަ އަމަލެއް ތަކުރާރުވެއްޖެ ނަމަ މިކައުންސިލުން އިންތިޒާމުކޮށް ރާވާ އަދި މިކައުންސިލުން ހުއްދަދީގެން ކުރިއަށް ގެންދާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ކުޅުންތެރިއެއްގެ އަދި އޮފިޝަލެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭނެ ކަމަށް ނިންމާފައިވާ 274/2026/55 ނަންބަރު ނިންމުން ބާތިލު ކުރުމަށް ނިންމުނެވެ. 

ނިންމުންތައް

6.1   2026 ކައުންސިލް ހޭންޑްބޯލް މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު ދާއިރާގެ ބައެއް ރައްތަކަށް ހުޅުވާލުމާއިމެދު އިތުރަށް މަޝްވަރާކޮށް އިތުރު ޖަލްސާއަކަށް އެޖެންޑާކުރުމަށް ނިންމާފާސްކުރަމެވެ. 

6.2 ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ޖޫރިމަނާ ފައިސާ ތިރީގައިވާގޮތަށް ނެގުމަށް ނިންމާ ފާސްކުރަމެވެ.   

1.ކުލި ދެއްކުން: މި އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިމަށް ކޮންމެ މަހަކުވެސް ދައްކަންހެޖޭ ކުލި، އެ ހިނގާ މަހެއްގެ 10( ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ދައްކައި ޙަލާސްކުރަންވާނެއެވެ. 

2.ޖޫރިމަނާ:  ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިފިނަމަ، އެ މަހެއްގެ ފުރަތަމަ 10 (ދިހައެއް) ދުވަސް  ހިމެނޭ ގޮތަށް އެ މަހެއްގެ ބިމު ކުލިން ދުވާލަކަށް ޖެހޭ ޢަދަދުގެ %25 (ފަންސަވީސް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ނެގޭނެއެވެ. އަދި 10 ވަނަ ދުވަހުގެ ފަހުން ކުލި ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށްވެސް، އެ މަހެއްގެ ބިމު ކުލިން ދުވާލަކަށް ޖެހޭ ޢަދަދުގެ %25 (ފަންސަވީސް އިންސައްތަ) ގެ މަގުން ޖޫރިމަނާ ނެގޭނެއެވެ.

3.   ޖޫރިމަނާ ހިސާބުކުރެވޭ މުއްދަތު: ޖޫރިމަނާ ހިސާބުކުރެވޭނީ ކުލި ދައްކަންޖެހޭ ފަހު ތާރީޚު ކަމުގައިވާ 10 ވަނަ ދުވަހުގެ ފަހުން، އެ މަހެއްގައި ދެން ބާކީ އޮތް ދުވަސްތަކަށް އެކަންޏެވެ.

4.      ޖޫރިމަނާ ކުރިއަށް ނުގެންދިއުން (ކެރީ ފޯވާޑް ނުކުރުން): އެއްވެސް މަހެއްގެ ޖޫރިމަނާ، ޖެހިގެން އަންނަ މަހަކަށް ކެރީ ފޯވާޑެއް (އިތުރުވެގެން ކުރިއަކަށް) ނުކުރާނެއެވެ. އެ މަހެއް ނިމުމާއެކު އެ މަހުގެ ޖޫރިމަނާ ހިސާބުކުރުން އެހިސާބުން ނިމުމަކަށް އަންނާނެއެވެ. އަދި ޖެހިގެން އަންނަ މަހުގެ ކުއްޔާއި ޖޫރިމަނާ ހިސާބުކުރެވޭނީ އެ މަހަކަށް ވަކިންނެވެ.

6.3   29 ޖޫން 2026 ގައި ކުލަބު ޑާރކުވުޑުން ފޮނުވާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމުމަށް ފޭދޫ ކައުންސިލުގެ 11 ވަނަ އާންމު ޖްލަސާއިން ނިންމާފައިވާ، މިކައުންސިލުން ކުރިއަށް ގެންދެވުނު ކައުންސިލް ކަޕް 2025 ގެ ސެމީ ފައިނަލް މެޗުގައި ކުލަބް ޑާރކްވުޑުގެ ކުޅުންތެރިއާ (ޖާރޒީ ނަންބަރު 11)  ހިންގި ކުޅިވަރާއި އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު އަމަލާއި ގުޅިގެން ޑާރކްވުޑް ސްޕޯޓްސް ކުލަބަށް ކޮށްފައިވާ 5000/-ރ (ފަސްހާސް ރުފިޔާ) ގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމުން ކުލަބް ޑާރކްވުޑްގެ ކުޅުންތެރިޔާއަށް ކޮށްފައިވާ ސަސްޕެންޝަން އެއްފަހަރެއްކަމަށް މަޢާފުކޮށްދީ، އެކުޅުންތެރިޔާގެ ފަރާތުން ދެން އެކަހަލަ އަމަލެއް ތަކުރާރުވެއްޖެ ނަމަ މިކައުންސިލުން އިންތިޒާމުކޮށް ރާވާ އަދި މިކައުންސިލުން ހުއްދަދީގެން ކުރިއަށް ގެންދާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ކުޅުންތެރިއެއްގެ އަދި އޮފިޝަލެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭނެ ކަމަށް ނިންމާފައިވާ 274/2026/55 ނަންބަރު ނިންމުން ބާތިލު ކުރުމަށް ނިންމާފާސްކުރަމެވެ. 

 

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ