މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާ

ޖަލްސާ ނަންބަރު 12
އެޖެންޑާ ނަންބަރު (MTG)274/274/2026/56
ތާރީޚް 12 ޖުލައި 2026
ވަގުތު 10:00
ތަން މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
އަޙްމަދު ސުނީލް
ޙަމްދޫން އާދަމް
ފާޠިމަތު ސުނީތާ

އެޖެންޑާ

1. އިދާރީ މައްސަލަތައް : 

1.1 ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:

3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:     

4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:

4.1 މިހާރުދޫކޮށްފައިހުރި ދަނޑުބިންތަކުގެ ތެރެއިން ކަމުނުދާ ކަމަށްބުނާ ބިންތަކަށް ގޮތެއް ނިންމުން

4.2 މުއައްސަސާތަކަށް އެހީދިނުމުގެ އުސޫލު ފާސްކުރުން

4.3 ށ.ފޭދޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލު ރިވިއުކުރުން

5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:

6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން: 

ޙުލާސާ

6.1  މިހާރުދޫކޮށްފައިހުރި ދަނޑުބިންތަކުގެ ތެރެއިން ކަމުނުދާ ކަމަށްބުނާ ބިންތަކަށް ދޫކުރި ބިންތައް އެފަރާތްތަކުން ދޫކޮށްލުމުން، ދަނޑުބިމަށް ދެން ހުޅުވާލާ ފުރުސަތެއްގައި އެފަރާތްތަކަށްވެސް ދަނޑުބިމަށް އެދި ހުށަހެޅޭގޮތައް ފާސްކުރުމަށް ނިންމުނެވެ.

6.2  މުއައްސަސާތަކަށް އެހީދިނުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމުނެވެ.

ގެނެވުނު އިސްލާހުތައް:

އުސޫލު ނަން: ށ.ފޭދޫ ކައުންސިލުން މުއައްސަސާތަކުގެ ތަރައްޤީގެ ކަންކަމަށް އެހީ ދިނުމުގެ އުސޫލު

6.3  ށ.ފޭދޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކާއި އެކު ފާސްކުރުމަށް ނިންމުނެވެ.

ގެނެވުނު އިސްލާހު:

3. ދަނޑުބިމަށް ކުރިމަތިލެވޭ ޝަރުތުތައް

ގޭބީސީގެ ގޮތުގައި ދަނޑުބިމަށް ކުރިމަތިލެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

3.1 ށ.ފޭދޫ ރައްޔިތުން ދިރިއުޅޭ ކައްކާ ކައި ބޮއެ އުޅޭ ގެތަކައްށެވެ.

3.2 ގޭބީސީއެއްގެ ގޮތުގައި ދިރިއުޅެ، އެގޭގެ މަރާމާތުކުރުން ފަދަ ބޭނުންތަކަށް، ށ.ފޭދޫގެ އެހެންގެއަކަށް ހިޖުރަކޮށްފައިވާ ފަރާތްތައް. (މިމާއްދާގެ 3.1ގައި އެބުނާ ދަނޑުބިމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާނެއެވެ.

3.3 ފޭދޫގެ ރައްވެސަކާއި ކައިވެނިކޮއްގެން ފޭދޫގައި ދިރިއުޅެމުން އަންނަ ގޭބީސީތައް

3.4 ހުސްކޮށްހުރި ފަޅުގޯތިތަކާއި، މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ހުސްގޯތިތަކާއި، އިމާރާތްކޮށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ބިދޭސީން ދިރިއުޅެމުން އަންނަ ގެތަކާއި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުންގެންދާ ގޭބީސީ ގޮތުގައި މީހުންދިރިނޫޅޭ ގެތައް މިއުސޫލުގައި ބުނާ ދަނޑުބިމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމައެއް ނުވާނެއެވެ.

ނިންމުންތައް

6.1  މިހާރުދޫކޮށްފައިހުރި ދަނޑުބިންތަކުގެ ތެރެއިން ކަމުނުދާ ކަމަށްބުނާ ބިންތަކަށް ދޫކުރި ބިންތައް އެފަރާތްތަކުން ދޫކޮށްލުމުން، ދަނޑުބިމަށް ދެން ހުޅުވާލާ ފުރުސަތެއްގައި އެފަރާތްތަކަށްވެސް ދަނޑުބިމަށް އެދި ހުށަހެޅޭގޮތައް ފާސްކުރުމަށް ނިންމަމެވެ.

6.2  މުއައްސަސާތަކަށް އެހީދިނުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމަމެވެ.

ގެނެވުނު އިސްލާހުތައް:

އުސޫލު ނަން: ށ.ފޭދޫ ކައުންސިލުން މުއައްސަސާތަކުގެ ތަރައްޤީގެ ކަންކަމަށް އެހީ ދިނުމުގެ އުސޫލު

6.3  ށ.ފޭދޫއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކާއި އެކު ފާސްކުރުމަށް ނިންމަމެވެ.

ގެނެވުނު އިސްލާހު:

3. ދަނޑުބިމަށް ކުރިމަތިލެވޭ ޝަރުތުތައް

ގޭބީސީގެ ގޮތުގައި ދަނޑުބިމަށް ކުރިމަތިލެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

3.1 ށ.ފޭދޫ ރައްޔިތުން ދިރިއުޅޭ ކައްކާ ކައި ބޮއެ އުޅޭ ގެތަކައްށެވެ.

3.2 ގޭބީސީއެއްގެ ގޮތުގައި ދިރިއުޅެ، އެގޭގެ މަރާމާތުކުރުން ފަދަ ބޭނުންތަކަށް، ށ.ފޭދޫގެ އެހެންގެއަކަށް ހިޖުރަކޮށްފައިވާ ފަރާތްތައް. (މިމާއްދާގެ 3.1ގައި އެބުނާ ދަނޑުބިމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާނެއެވެ.

3.3 ފޭދޫގެ ރައްވެސަކާއި ކައިވެނިކޮއްގެން ފޭދޫގައި ދިރިއުޅެމުން އަންނަ ގޭބީސީތައް

3.4 ހުސްކޮށްހުރި ފަޅުގޯތިތަކާއި، މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ހުސްގޯތިތަކާއި، އިމާރާތްކޮށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ބިދޭސީން ދިރިއުޅެމުން އަންނަ ގެތަކާއި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުންގެންދާ ގޭބީސީ ގޮތުގައި މީހުންދިރިނޫޅޭ ގެތައް މިއުސޫލުގައި ބުނާ ދަނޑުބިމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމައެއް ނުވާނެއެވެ.

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ