މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ އާންމު ޖަލްސާ

ޖަލްސާ ނަންބަރު 11
އެޖެންޑާ ނަންބަރު (MTG)274/274/2026/55
ތާރީޚް 07 ޖުލައި 2026
ވަގުތު 10:00
ތަން މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
އަޙްމަދު ސުނީލް
ޙަމްދޫން އާދަމް
ފާޠިމަތު ސުނީތާ

އެޖެންޑާ

1. އިދާރީ މައްސަލަތައް : 

1.1 ކައުންސިލްގެ ފަސްވަނަ ދައުރުގެ 10 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:

3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:     

4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:

4.1 29 ޖޫން 2026 ގައި ކުލަބް ޑާރކްވުޑިން ފޮނުވާފައިވާ ސިޓީއަށް ގޮތެއް ނިންމުމުގެ މައްސަލަ

4.2 ނީލަން ތަކެތިގެ ލިސްޓް ފާސްކުރުމުގެ މައްސަލަ

4.3 މުރާޖާ ކޮމެޓީ ރިވިއުކުރުން

4.4 ދިރޭ ތަކެތި ގެންގުޅުމަށް ކުލީ ބިން ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ފާސްކުރުން

4.5 ދިރިއުޅުންނޫން އެހެންބޭނުންތަކަށް ބިންދޫކުރުމުގެ އުސޫލު ރިވިއުކުރުން

4.6 2026 ޖުލައި މަހުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމުގެ މައްސަލަ

5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:

6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން: 

ޙުލާސާ

6.1  މިކައުންސިލުން ކުރިއަށް ގެންދެވުނު ކައުންސިލް ކަޕް 2025 ގެ ސެމީ ފައިނަލް މެޗުގައި ކުލަބް ޑާރކްވުޑުގެ ކުޅުންތެރިއާ (ޖާރޒީ ނަންބަރު 11)  ހިންގި ކުޅިވަރާއި އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު އަމަލާއި ގުޅިގެން ޑާރކްވުޑް ސްޕޯޓްސް ކުލަބަށް ކޮށްފައިވާ 5000/-ރ (ފަސްހާސް ރުފިޔާ) ގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމުން ކުލަބް ޑާރކްވުޑްގެ ކުޅުންތެރިޔާއަށް ކޮށްފައިވާ ސަސްޕެންޝަން އެއްފަހަރެއްކަމަށް މަޢާފުކޮށްދީ، އެކުޅުންތެރިޔާގެ ފަރާތުން ދެން އެކަހަލަ އަމަލެއް ތަކުރާރުވެއްޖެ ނަމަ މިކައުންސިލުން އިންތިޒާމުކޮށް ރާވާ އަދި މިކައުންސިލުން ހުއްދަދީގެން ކުރިއަށް ގެންދާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ކުޅުންތެރިއެއްގެ އަދި އޮފިޝަލެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭނެ ކަމަށް ނިންމުނެވެ.

6.2  ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ނީލަންކިޔާ ތަކެތީގެ ލިސްޓް ފާސްކުރުމަށް ނިންމުނެވެ.

6.3  ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް މުރާޖާ ކޮމެޓީ މެމްބަރުންގެ ލިސްޓް ފާސްކުރުމަށް ނިންމުނެވެ.

6.5  ދިރިއުޅުންނޫން އެހެންބޭނުންތަކަށް ބިންދޫކުރުމުގެ އުސޫލަށް ހުށަހެޅުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމުނެވެ.

ގެނެވުނު އިސްލާހު:

މުއްދަތު އިތުރުކުރުން:

14. މިއުޞޫލުގެދަށުން ދޫކުރާބިމެއްގެ މުއްދަތު ހަމަވުމުން، ކުއްޔަށްހިފާ ފަރާތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ. އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެދޭނަމަ، މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 2 (ދޭއް) މަސް ދުވަސް ކުރިން، އެކަން ކުއްޔަށް ދޫކުރާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. މި ގޮތުން އަލުން ކުއްޔަށްހިފަން ބޭނުންވާ މުއްދަތާ ގުޅޭގޮތުންނާއި، އެމުއްދަތުގައި ނަގާނެ ކުއްޔަކާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކައި، މިއެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން އެއްބަސްވުމަކަށް އަންނަންވާނެއެވެ. އަދި ގާނޫނުތަކާއި ތަވާއިދުތަކާއި ކައުންސިލްގެ އުސޫލތަކާ އެއްގޮތްވާގޮތުގެ މަތިން، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ހ)   މިއުޞޫލުގެދަށުން ދޫކުރެވޭ ބިމެއްގެ މުއްދަތު އިތުރުކުރާއިރު އެއިރެއްގައި ބިމުގެމާކެޓްހުރި ރޭޓަށްބަލައި އެފަރާތުން ބިމުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޔާއަތްކޮށްގެން އެސެސްމަންޓެއް ހެދުމަށްފަހު ކުއްޔަށްބަދަލުގެނައުމާއި މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

6.4  ދިރޭ ތަކެތި ގެންގުޅުމަށް ކުލީ ބިން ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ހުށަހެޅުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމުނެވެ.

ގެނެވުނު އިސްލާހު:

5. ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން: ކުދި ޖަނަވާރު ގެންގުޅުމަށް ހުޅުވާލެވޭ ބީލަމުގައި ބައިވެރި ވެވޭނީ އަންނަނިވި ދިރިއުޅުންނޫން އެހެންބޭނުންތަކަށް ބިން ދޫކުރުމުގެ އުޞޫލު ((PP)274/INDIV/2023/1) ގައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.    

6.6  2026 ޖުލައި މަހުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމަށް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމުނެވެ.

ނިންމުންތައް

6.1  މިކައުންސިލުން ކުރިއަށް ގެންދެވުނު ކައުންސިލް ކަޕް 2025 ގެ ސެމީ ފައިނަލް މެޗުގައި ކުލަބް ޑާރކްވުޑުގެ ކުޅުންތެރިއާ (ޖާރޒީ ނަންބަރު 11)  ހިންގި ކުޅިވަރާއި އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފު އަމަލާއި ގުޅިގެން ޑާރކްވުޑް ސްޕޯޓްސް ކުލަބަށް ކޮށްފައިވާ 5000/-ރ (ފަސްހާސް ރުފިޔާ) ގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމުން ކުލަބް ޑާރކްވުޑްގެ ކުޅުންތެރިޔާއަށް ކޮށްފައިވާ ސަސްޕެންޝަން އެއްފަހަރެއްކަމަށް މަޢާފުކޮށްދީ، އެކުޅުންތެރިޔާގެ ފަރާތުން ދެން އެކަހަލަ އަމަލެއް ތަކުރާރުވެއްޖެ ނަމަ މިކައުންސިލުން އިންތިޒާމުކޮށް ރާވާ އަދި މިކައުންސިލުން ހުއްދަދީގެން ކުރިއަށް ގެންދާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ކުޅުންތެރިއެއްގެ އަދި އޮފިޝަލެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭނެ ކަމަށް ނިންމަމެވެ.

6.2  ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ނީލަންކިޔާ ތަކެތީގެ ލިސްޓް ފާސްކުރުމަށް ނިންމަމެވެ.

6.3  ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް މުރާޖާ ކޮމެޓީ މެމްބަރުންގެ ލިސްޓް ފާސްކުރުމަށް ނިންމަމެވެ.

6.5  ދިރިއުޅުންނޫން އެހެންބޭނުންތަކަށް ބިންދޫކުރުމުގެ އުސޫލަށް ހުށަހެޅުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމަމެވެ.

ގެނެވުނު އިސްލާހު:

މުއްދަތު އިތުރުކުރުން:

14. މިއުޞޫލުގެދަށުން ދޫކުރާބިމެއްގެ މުއްދަތު ހަމަވުމުން، ކުއްޔަށްހިފާ ފަރާތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ. އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެދޭނަމަ، މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 2 (ދޭއް) މަސް ދުވަސް ކުރިން، އެކަން ކުއްޔަށް ދޫކުރާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. މި ގޮތުން އަލުން ކުއްޔަށްހިފަން ބޭނުންވާ މުއްދަތާ ގުޅޭގޮތުންނާއި، އެމުއްދަތުގައި ނަގާނެ ކުއްޔަކާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކައި، މިއެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން އެއްބަސްވުމަކަށް އަންނަންވާނެއެވެ. އަދި ގާނޫނުތަކާއި ތަވާއިދުތަކާއި ކައުންސިލްގެ އުސޫލތަކާ އެއްގޮތްވާގޮތުގެ މަތިން، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ހ)   މިއުޞޫލުގެދަށުން ދޫކުރެވޭ ބިމެއްގެ މުއްދަތު އިތުރުކުރާއިރު އެއިރެއްގައި ބިމުގެމާކެޓްހުރި ރޭޓަށްބަލައި އެފަރާތުން ބިމުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޔާއަތްކޮށްގެން އެސެސްމަންޓެއް ހެދުމަށްފަހު ކުއްޔަށްބަދަލުގެނައުމާއި މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

6.4  ދިރޭ ތަކެތި ގެންގުޅުމަށް ކުލީ ބިން ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ހުށަހެޅުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމަމެވެ.

ގެނެވުނު އިސްލާހު:

5. ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން: ކުދި ޖަނަވާރު ގެންގުޅުމަށް ހުޅުވާލެވޭ ބީލަމުގައި ބައިވެރި ވެވޭނީ އަންނަނިވި ދިރިއުޅުންނޫން އެހެންބޭނުންތަކަށް ބިން ދޫކުރުމުގެ އުޞޫލު ((PP)274/INDIV/2023/1) ގައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.    

6.6  2026 ޖުލައި މަހުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމަށް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމަމެވެ.

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ