މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ 07 ވަނަ އާންމު ޖަލްސާ

ޖަލްސާ ނަންބަރު 07
އެޖެންޑާ ނަންބަރު (MTG)274/274/2026/48
ތާރީޚް 17 ޖޫން 2026
ވަގުތު 10:00
ތަން މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ހާޒިރީ
އަޙްމަދު ސުނީލް
ޙަމްދޫން އާދަމް
ފާޠިމަތު ސުނީތާ

އެޖެންޑާ

1. އިދާރީ މައްސަލަތައް : 

1.1 ކައުންސިލްގެ ފަސްވަނަ ދައުރުގެ 06 އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:

3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:     

4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:

4.1 09 ޖޫން 2026 ގައި ސެޓްލިންކް އިން ފޮނުވާފައިވާ ސިޓީ ނަމްބަރު:(SL/SHFCI/2026/03) ގޮތެއް ނިންމުމުގެ މައްސަލަ

4.2 އަލަށް އިމާރާތްކުރާ މިސްކިތް ޢިމާރާތްކުރާނެ ބިން ކަނޑައެޅުމުގެ މައްސަލަ

4.3 އަލްމާސް އިންވެސްޓްމެންޓަށް ލިބުނު ގެއްލުމަށް ބަދަލުދިނުމަށް ގޮތެއް ނިންމުމުގެ މައްސަލަ

5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:

6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން: 

ޙުލާސާ

6.1  09 ޖޫން 2026 ގައި ސެޓްލިންކް އިން ފޮނުވާފައިވާ ސިޓީ ނަމްބަރު:(SL/SHFCI/2026/03)  ގައި އެދިފައިވާ އެންޓަނާޖެހުމަށް ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން 600 އަކަފޫޓު ބިން 1.67/- (އެއްރުފިޔާ ފަސްދޮޅަސް ހަތްލާރި) އަށް ދޫކުރުމަށް ނިންމާ ފާސްކުރެވުނެވެ.

6.2 ޖަލްސާއަށް ހުށަހެޅިފައިވާ ޗާޓުގައި ހުރި ސަރަހައްދުތަކުތެރެއިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު، އައު މިސްކިތް ބިނާ ކުރުމަށް ބިން ކަނޑައެޅުމަށް ނިންމާ ފާސްކުރެވުނެވެ.

6.3 އަލްމާސް އިންވެސްޓްމެންޓަށް ލިބުނުގެއްލުމަށް ބަދަލުދިނުމަށް ނިންމާ ފާސްކުރެވުނެވެ.

ނިންމުންތައް

6.1  09 ޖޫން 2026 ގައި ސެޓްލިންކް އިން ފޮނުވާފައިވާ ސިޓީ ނަމްބަރު:(SL/SHFCI/2026/03)  ގައި އެދިފައިވާ އެންޓަނާޖެހުމަށް ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން 600 އަކަފޫޓު ބިން 1.67/- (އެއްރުފިޔާ ފަސްދޮޅަސް ހަތްލާރި) އަށް ދޫކުރުމަށް ނިންމާ ފާސްކުރަމެވެ.

6.2 ޖަލްސާއަށް ހުށަހެޅިފައިވާ ޗާޓުގައި ހުރި ސަރަހައްދުތަކުތެރެއިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު، އައު މިސްކިތް ބިނާ ކުރުމަށް ބިން ކަނޑައެޅުމަށް ނިންމާ ފާސްކުރަމެވެ.

6.3 އަލްމާސް އިންވެސްޓްމެންޓަށް ލިބުނުގެއްލުމަށް ބަދަލުދިނުމަށް ނިންމާ ފާސްކުރަމެވެ.

© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ