މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 263 ވަނަ އާންމު ޖަލްސާ
އެޖެންޑާ
1. އިދާރީ މައްސަލަތައް :
1.1 ކައުންސިލްގެ 4 ވަނަ ދައުރުގެ 262 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:
3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:
4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:
4.1 1447 ވަނަ އަހަރު އަޟްޙާ ޢީދުގެ މަސްރޭހުގެ ޤަވާޢިދު ފާސްކުރުމުގެ މައްސަލަ
5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:
6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން:
ޙުލާސާ
1 އަޟްޙާ ޢީދުގެ މަސްރޭހުގެ ޤަވާޢިދު-1447 ޖަލްސާއިން ގެނެވުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމުނެވެ.
ނިންމުންތައް
4.1 އަޟްޙާ ޢީދުގެ މަސްރޭހުގެ ޤަވާޢިދު-1447 ޖަލްސާއިން ގެނެވުނު އިސްލާހުތަކާއިއެކު ފާސްކުރުމަށް ނިންމުނެވެ.
ގެނެވުނު އިސްލާހުތައް:
ބައިވެރިންގެ އަދަދު:
މަސްރޭހުގައި ބައިވެރިވާ ކޮންމެޓީމެއްގައި ތިބެންޖެހޭނީ ގިނަވެގެން 07 ބައިވެރިންނެވެ. މަދުވެގެން 03 ބައިވެރިންނެވެ. ޓީމުގައި ރަށުން ބޭރުން ގިނަވެގެން ބައިވެރިވެވޭނީ 01 ބައިވެރިންއަށެވެ.
މަސްރޭހުގައި ބައިވެރިވާ އުޅަނދު :
މިރޭހުގައި ބައިވެރި ވެވޭނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ހުއްދަކުރާ އުޅަނދުފަހަރަށެވެ. އަދި ބައިވެރިވާ ކޮންމެ އުޅަނދަކަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން 20 (ވިހި) ލީޓަރު ތެލުގެ ޚަރަދު ދެވޭނެއެވެ.
އިނާމުދެވޭ ބައިތަކާއި ފައިސާގެ ޢަދަދު:
01 ވަނަޓީމް (އެންމެގިނަކިލޯ ކިރާ ޓީމް) -/5000ރ
02 ވަނަޓީމް (އެއްވަނައާއި ޖެހިގެން އެންމެގިނަ ކިލޯ ކިރާޓީމް) -/3500ރ
03 ވަނަޓީމް (ދެވަނައާއި ޖެހިގެން އެންމެ ގިނަކިލޯ ކިރާޓީމް) -/2500ރ
އެންމެ ބަރު މަސް ބަނާ ޓީމް 500/-ރ
ށ.ފޭދޫ ކައުންސިލްގެ އިދާރާ
ފިނިވާމަގު، ށ.ފޭދޫ
© 2026 މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ