މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 240 ވަނަ އާންމު ޖަލްސާ
އެޖެންޑާ
އެޖެންޑާ
1. އިދާރީ މައްސަލަތައް :
1.1 ކައުންސިލްގެ 4 ވަނަ ދައުރުގެ 238 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
1.2 ކައުންސިލްގެ 4 ވަނަ ދައުރުގެ 239 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
2. ސަރުކާރުން ހުށަހަޅުއްވާ ކަންކަން:
3. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހުށަހަޅުއްވާ ކަންކަން:
4. ކައުންސިލް އިދާރާއިން ހުށަހަޅުއްވާ ކަންކަން:
4.1 މަސައްކަތުގެ ރަސްމީގަޑީގައި އޮފީހުން ބޭރަށްދިއުމުގައި ޢަމަލުކުރަންވީ އުޞޫލު ފާސްކުރުމުގެ މައްސަލަ
4.2މުވައްޒަފުން ރަސްމީގަޑީގައި ހެދުން އެޅުމުގައި އަމަލުކުރާނެ އުޞޫލު ފާސްކުރުމުގެ މައްސަލަ
4.3 ދަނޑުބިން ދޫކުރުމުގެ މައްސަލަ
4.4 އަޙްމަދު ސުލްތާން، ޝަފަގު/ށ،ފޭދޫ އަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ
5.4 2025 އޮކްޓޫބަރ މަހުގެ ޚަރަދުތައް ހަމަޖެއްސުމަށް ބަޖެޓް ކޮންޓްރޯލް ހެދުމުގެ މައްސަލަ
5. ކައުންސިލަރުން ހުށަހަޅުއްވާ ކަންކަން:
6. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން:
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔައްގެންދާނީއެވެ.
ޙުލާސާ
6.1 މަސައްކަތުގެ ރަސްމީގަޑީގައި އޮފީހުން ބޭރަށްދިއުމުގައި ޢަމަލުކުރަންވީ އުޞޫލު ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމުނެވެ.
6.2 މުވައްޒަފުން ރަސްމީގަޑީގައި ހެދުން އެޅުމުގައި އަމަލުކުރާނެ އުޞޫލު ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމުނެވެ.
6.3 ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 147 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް، ލޭންޑް ޔޫސް ޕްލޭންގައި ދަނޑުބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުން ދަނޑުބިންދޫކުރުމަށް ނިންމާ ފާސްކުރެވުނެވެ.
6.4 އަޙްމަދު ސުލްތާން، ޝަފަގު/ށ،ފޭދޫ އަށް ދޫކޮށްފައިވާ ބިމުގެ އަގު މިހާރުގެ ރޭޓަށް (0.65ލ) ބަދަލުކުރުމަށްފަހު، ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާ ފާސްކުރެވުނެވެ.
6.5 2025 އޮކްޓޫބަރ މަހުގެ ޚަރަދުތައް ހަމަޖެއްސުމަށް ބަޖެޓް ކޮންޓްރޯލް ހެދުމަށް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރެވުނެވެ.
ނިންމުންތައް
6.1 މަސައްކަތުގެ ރަސްމީގަޑީގައި އޮފީހުން ބޭރަށްދިއުމުގައި ޢަމަލުކުރަންވީ އުޞޫލު ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމަމެވެ.
6.2 މުވައްޒަފުން ރަސްމީގަޑީގައި ހެދުން އެޅުމުގައި އަމަލުކުރާނެ އުޞޫލު ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ނިންމަމެވެ.
6.3 ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 147 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ދަނޑުބިން ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް، ލޭންޑް ޔޫސް ޕްލޭންގައި ދަނޑުބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުން ދަނޑުބިންދޫކުރުމަށް ނިންމާ ފާސްރަމެވެ.
6.4 އަޙްމަދު ސުލްތާން، ޝަފަގު/ށ،ފޭދޫ އަށް ދޫކޮށްފައިވާ ބިމުގެ އަގު މިހާރުގެ ރޭޓަށް (0.65ލ) ބަދަލުކުރުމަށްފަހު، ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާ ފާސްކުރަމެވެ.
6.5 2025 އޮކްޓޫބަރ މަހުގެ ޚަރަދުތައް ހަމަޖެއްސުމަށް ބަޖެޓް ކޮންޓްރޯލް ހެދުމަށް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރަމެވެ.