ކައުންސިލް މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ކައުންސިލްގެ ނައިބު ރައީސް، އަޙްމަދު ސުނީލު

  • ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލްގެ މަޤްޞަދާއި އެއްގޮތަށް ކައުންސިލް ޙަރަކާތްތެރި ކުރުވައި ހިންގުން.
  • ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި، ސަރުކާރުގެ އިދާރާތަކަށް އެހީތެރިވުން.
  • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާއި، ފެނާއި، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން.
  • އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހި ފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.

ކައުންސިލް މެންބަރު، ޙަމްދޫނު އާދަމް

  • ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށި ގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތައް.
  • ޕްރައިމަރީ ޙެލްތް ކެއާރ އާއި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމުގައި މަސައްކަތްތައް.
  • މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތްތައް.
  • ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާއި ކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކޮށް ދިނުމާއި، ކަށުކަމާއި ކެމީގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް.
  • ދީނީ ގޮތުންނާއި ޤަޢުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤަޢުމީ އިޙްތިފާލްތައް ބޭއްވުމުގެ މަސައްކަތްތައް.
  • ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް.
  • ދިމާވާ ކުއްލި ނުރައްކާތެރި ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްތައް.
  • ދަތުރު ފަތުރުގެ އެންމެހައި މަސައްކަތްތައް.

ކައުންސިލް މެންބަރު، ޢާއިޝަތު މަޙްމޫދު

  • ކުނި މެނޭޖުކުރުމާއި ބެހޭ މަސައްކަތްތައް.
  • ބިމާއި ބެހޭ މަސައްކަތްތައް.
  • އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް.
  • މަގުބައްތި ދިއްލައި ބެލެހެއްޓުމުގެ މަސައްކަތްތައް.
  • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ފިހާރާތަކާއި، ހޮޓާތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި، ގެސްޓްހައުސްތަކާއި އަދި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހިންގާތޯ ބެލުމުގެ މަސައްކަތްތައް.
  • ރަށްވެހިގޭގެ މަސައްކަތްތައް.

ކައުންސިލް މެންބަރު، ޢާއިޝަތު ޝިމްލާ

  • ރަށުގެ މަގުތަކުގެ މަރާމާތުތަކާއި މަގު ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫ ނުވާނޭގޮތުގެ މަތިން މަގުތައް ބެލެހެއްޓުމުގެ މަސައްކަތްތައް.
  • ބަނދަރާއި ގުޅުންހުރި މަސައްކަތްތައް.
  • ތަޢުލީމާއި ބެހޭ މަސައްކަތްތައް.
  • އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް.
  • ވިހާ މަރުވާ ރިކޯރޑްތަކާއި ގުޅޭ މަސައްކަތްތަކާއި ރަށުގައި ރަށްވެހިވެގެން އަދި ރަށްވެހިނުވެ ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ބިދޭސީންގެ ދަފްތަރުގެ މަސައްކަތްތައް.